”އަދަ އައްޑޫ ފަރަގަކޮއްފެއި މިއޮތީ ބޭސްސިޓީއައް ފަދަ ކުދު ޕްލޭނަކުން ކުދުކަކޫ މައްތައް ކުދުކޮއްފެއި އޮއް ކުދުކުދު ސިޓީ ބިޓީގަނޑަކި ދަރަޖާކައް“ – ކެމްޕޭން ލޯންޗުކެޑެ ޖަލްސާއި މަ ދެއްކި ވާހަކަ

الحمد لله رب العالمين  والصلاة والسلام على اشرف الانبياء والمرسلين وعلى اله وصحبه اجمعين. ދިވެހިރާއްޖޭގެ ޢިއެްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ، އަދި ޕީއެންސީގެ ރައީސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު. މި ޙަފްލާގެ ޝަރަފުވެރި މެހުމާނު ޕީއެންސީގެ ޕީޖީ ލީޑަރ ، އަދި ކައުންސިލް އިންތިޚާބެ ކެމްޕޭން މެނޭޖަރ އިބްރާހީމް ފަލާޙް. ޢިއްޒަތްތެރި ވަޒީރުންނާއި މަޖިލިސް މެމްބަރުން. މި އިންތިޚާބެ ވާދަކެރާ ޕީއެންސީ ހުށިހެއި ކެނޑިޑޭޓުން. މުއައްސަސާތަކި އިސްވެރިން. އައްޑޫސިޓީއެ ލޮބުވެތި ރައްޔިތުން. ދުރާއި ކަވެރިން މި ހަފްލާ ބަލަމުން އަޑައަހަމުން އޭ ހުށިހެއި ރައްޔިތުން. އައްސަލާމް ޢަލައިކުމް ވަރަހުމަތުﷲ ވަބަރަކާތުހ.

މައް ލިބިފެއި ހިށި ތަޢުލީމާއި ތަޖުރިބާ ބޭ÷ުންކޮއްގެން ނުކުމެ މިހިށީ އައްޑޫސިޓީ ރައްޔިތުންނައް ވަރައް ބޮނޑަ ، ވަރައް ބޮނޑަ ތަޞައްވަރަކާއިއެކީ.

އައްޑޫއަކީ އާދައިގެ ތާން ނުން. އެވޭލާ ޒަމާނި ވަޒަންވެރިވީވުމުން ފެށިގެނަސް ދުނިޔޭގެ އެބިއް މި ބިތައް ދަތެރެކެޑުމެ ދެވަނާއް ނެއްް ފަދަ ނިޔައިމިކަމި ހުނަރަވެރިކަމާއި، އާދަކާދާއި، އާރުއޭއެފް ޒަމާނާއި، ސުވާދީބެ ހަނދާންތަކާއި، ޒަމާނީ އިސްލާހީ ހަރަކާތެ މަރުކަޒުވުމާއި ހަމާއް އައްޑޫއަކީ މުއްނސަންތި ތާރީޚަކާއި ހަރުދަނާ ޝަޚުސުތަކުން ސާބިތު ޔަގީންކަން މައްތެ ތަފާތު ދައްކަފެއި ވޭ ނަމޫނާ ތާން.

އެހެންފެހެނާސް އަދަ އައްޑޫ ފަރަގަކޮއްފެއި މިއޮތީ ބޭސްސިޓީއައް ފަދަ ކުދުކުދު ޕްލޭނަކުން ކުދުކަކޫ މައްތައް ކުދުކޮއްފެއި އޮއް ކުދުކުދު ސިޓީބިޓީގަނޑަކި ދަރަޖާއް. ދުވަހުން ދުވަހައް ހިނގާ އިދާރީ ހިންގުމުގެ ކޫސަ÷ި ބޫސަ÷ި ކަންކަމައް މިޅި އަހަންމިއްޔަތުކަން ގޮސް ހުއްޓިގޮސް، ތަރައްގީއެއި ތަހުޒީބާއި ތަމައްދުންގެ ބޮނޑަ މަންޒަރުން ފޯކަސް ގެއްލި، އަމާޒުން ސޮއްސަލާއި ގޮސް ވިއްސިވިހާލިވެ ލަނޑަދާނޑައް މޭޔަރައް ، މާލިމީއައް ނެތި ހޭރިޔާކެރާ ފަރައް އަރަފެއި އޮއްް ވޭޑަކި މަންޒަރައް. މީ ނުނީ އަދަ އައްޑޫގެ ހާލަތަކީ.

އައްޑޫގެ ދުވަހުން ދުވަހައް ހިނގާ އިދާރީ ހިންގުމުގެ ކަންކަމި މި ސިޓީ ވެނީ ކޮންމިޔަސްވަރަކުގެ ކުރިއެރުންތަކައް ހޯދަފެއި. އެހެންފެނެނާސް މި ސިޓީގެ ހަޤީޤީ ޤާބިލިއްޔަތާއި، މިސިޓީއައް ހަގީގަތި އޭއްްވޭ ކުރިމަގާއި މެދެ ތަސައްވަރަކެޑުން މިވެނީ ހުއްޓިފެއި. ދުވަހުން ދުވަހައް ކެރާއްޖެހޭ އިދާރީ ކަންކަމި ބެދިފެއި ތިބިމެއި ސިޓީ އޮއްް ހިސާބި ހަމައެކަނި ސިޓީ ބޭވެ÷ެއި. އެއްލެހެކިޔަސް ސިޓީއައް ބޭ÷ުންވޭ ހަޤީޤީ ކުރިއެރުމަކާއި ތަރައްޤީއައް ނިލިބޭހެއް. ލިބޭށީ.

އަފިރިންގެ އެތެރުން ގިނަބާކިންނައް މި މުހިއްމު ސުވާލާއި މެދެ ފިކުރުވެވެނީ ވަރައް މަދުން. އޭ ހަމަ އެކަ÷ި އަދުގެ ހާލަތައް ބަލައި އައްޑޫއައް ބޭ÷ުންވެނީ ކޮންކަމައްތައު ބެލުމައްނުން. އޭގެ ބަދަލި ކުރިއައް އޮއްް ދެހަ އަހަރައް އައްޑޫން ފެނޭއްް ބޭ÷ުންވޭ ތަސައްވަރަކީ، ނުންވީ އައްޑޫ އޮންނަ÷ެ މިސްރާބަކީ ކޮބަތޯ ބަލާއް ކެރާ ސުވާލާއް. މަ އެދެނީ އަދަ އައްޑޫ ކޮންމި ރައްޔިތަކާސް މި ސުވާލާ އަމެއްލަ ނަފުސާއި ކޮއްލާއް.

މި ސިޓީއަކީ ހަމައެކަ÷ި އިދާރީގޮތުން ބަލަހައްޓާއްޖެހޭ ތާން ނުން. އައޑޫއެއި މެދެ އަފިރިން ދަކުނައްވީ މިއައްވަނި މާ ފެޅޫކޮއް.

މީ މަންޒަރަ ބަދަލުކޮއްލާ÷ެ ތަސައްވުރަކީ. ގްރޭޓަރ އައްޑޫ.

އަމާޒަކީ، އިދާރީ ހިންގުމެ އޮނިގަނޑި މަރަތަޅާން ނެއްޓި، އައްޑޫގެ ރަން ޒަމާން އިއާދަކެޑުމުގެ މުޤައްދަސް މަޤުސަދި މައްތެ ސާބިތުކަމާއި އެއްކޮއް ހަމަ ފައިމައްތައް ތެދުވެ، ތަރައްޤީއެއި ތަމައްދުން ފުރިފެއިވޭ ފުދުންތެރި، ބާރަވެރި ރައްޔިތަކާމެންގެ ބެލެނިވެރިކަމި ބައްޓަންކެރާ ތަހުޒީބީ ޝަހަރައް ބިނާކެޑުމުގެ މައްތެ ހިންދަމަލުން. މި ތަސައްވަރަ ގަރާރުކޮއްފެއްި މިއޮތީ މައިގަނޑި 6 ”ގަސްތަކި“ މައްތައް.

އަފިރިންގެ އޮތީ މުއްސަންތި ތާރީޚަކާއި، ބާރަވެރި އަމެއްލަވަންތަކަމައް. އެހެންފެހެނާސް އަދަ މިކަންކަމުގެ ކުލަވަރައެނީ ފަނޑަވެމުން ގެއްލެމުން. އެއް ފެރާޑަކި ދަށުން ބޮނޑަ ސްކޭލަކި އަދުގެ އައްޑޫގެ މިއޮއް ޖީލައް މި ތާރީޚުތައް ފެނޭކައް ނެއް. އައްޑޫއެ ހިންނައް ތެބެޖެހެއި އައްޑޫގެ ތާރީޚު ހިމާޔައް ކެރާ÷ެ ތާން. އަދި އިލްމީ ދިރާސާތައް ހަދައި އޭގެ މައްތައް މިސޓީ ކުރިއައް ގިނޭ÷ެ ގޮތް ދައްކައިދޭ÷ެ ތާން. މީ އައްޑޫގެ ޝަޚުސު ނެގެހެއްޓުން.

އަދަ އައްޑޫއައް ޒިޔާރައް ކެރާ ފަރާއްތަކައް ކެރާނ÷ެ ގިނަކަންކަން އެނގޭކައް ނެއް. ކައުންސިލުން ކެރާ ތަޖުރިބާ ދަތެރެތަކި ލަންޑަނައް، ނުންފެހޭ ބެންކޮކައް ގޭމެއްި އެވެންނައް ވަރައް ސައުފުކޮއް އެނގެއި އެ ސިޓިތަކި އޭއްޖެހޭ ތަންތަން، ކާއްވީ ކޮންތައްކަން، ލާއްވީ ކޮންތައްކަން. އެހެއިޔަސް އެ ގައުމުތަކި އެކަންކަން ވެނީ ފުރިހަމާއް އިންތިޒާމުކޮއްފެއި. އައްޑޫ ވޭއް ޖެހެނީ ހަމައެކަ÷ި މިތާން ޒިޔާރައްކެރާ މީހުން ނިދާއް އޭ ތާކައްނުން. ވޭއްޖެހެނީ ބަލާއް އޭ ތަންތަން އެނގޭއް ތިބި ތާކައް. އައު ތަޖުރިބާ ކޮއްލާއް އޭ÷ެ ތާކައް، އަދި އަބަދަށަސް އެތަން ހިތުން ނިފަލާވަރުގެ ތާކައް. އައްޑޫއަކީ އެކްސްޕީރިއަންސައް.

އައްޑޫއެ ގިނަ ރައްޔިތުން އާއިލާ ދޫކޮއްލާއި ވަޒީފާގެ ބޭ÷ުމެ އައްޑޫން އެބޭކަމީ އައްޑުއައް ލިބެމުންއޭ ބޮނޑަ ނިކަމެތިކަމައް. މީގެ ސަބަބުން އާއިލާތަކި ގުޅުން ހީނަރަވެ އައްޑޫގެ އިގްތިސާދައް އެނީ ގެއްލުންވެމުން. މީ ވަރައް ބޮނޑަ އިޖުތިމާއީ މައްސަލާކަސްމެ. ބޭ÷ުންވެނީ އައްޑޫގެ ހުނަރަވެރި ދަރިންނައް އެކަށީގެންވޭ ފެންވަރި ވަޒީފާގެ ފުރުސަތުތައް މިސިޓީއެ އުފެއްދުން. މީގެ ސަބަބުން އާއިލީ ގުޅުން ބަދަހިވެ، އައްޑޫގެ އިގްތިސާދަ އިތިރައް ވަރަގަދަވެގެން އޭހެއްކަން ޔަގީން.

އައްޑޫއައް ދިމާވެފެއި އޮއް އެންމެ ބޮނޑަ އެނައް މައްސަލާކީ، އައްޑޫއެ ތިބި ހުނަރަވެރި ޢިލްމީ ސިކުނޑިތައް އެހެން ތަންތާން މައިގްރޭޓް ކެޑުން. މީ އައްޑޫގެ “ ބްރެއިން ޑްރެއިން “ ވުން. ރަށުން ބޭރެ ދިރިވޭނޑެމުން ގެއަސް އެވެރިންނަކީ، އަފިރިންގެ ކުރިމަގާއި، ބާރައިގެ ވަރައް މުހިއްމު ރޯލައް ކޮޅަނަ ބާކިއެ. އެހެންވީމެއި ، މިކަމައް ހައްލު ހޯދާއް ނުންފެހޭ އައްޑޫގެ ކަންކަން ނިންމުމުގައި ރަށުން ބޭރެ ތިބި އައްޑޫގެ އަހުލުންގެ ބައިވެރިވުން ހޯދައި، އައްޑޫއައް ސިކުނޑި ޖޯރު ރުޖޫޢަކެރާއް ތެބެޖެހެއި.

މިކޯ ދުނިޔެ މިއެނީ “ ކްރިއޭޓިވް އިކޮނޮމީ“ އަކާއި ދިމާއް. އެކަމަކި އަދިޔަސް އަފިރިން މިތިބީ އަފިރިންގެ ތިބި ފުރުސަތުތައް ބައްކޮއް ފޮރޮވަގެން. މިގޮތައް މިސިޓީ ބާގެން ކޮން ކުރިއެރުމައް މިސިޓީއައް ލިބޭ÷ެއި. އައްޑޫ ވޭއް ޖެހެނީ ފަހި ފުރުސަތުތައް ފައުޅުކަން ބޮނޑަގޮތަކި ފެނޭއް ހިށި، އަދި އުފެއްދުންތެރި ޚިޔާލަތަކަށަސް މަރުޙަބާކޭ މާހައުލައް އޮއްް ސިޓީއަކައް. މީ އުއްމީދުތައް ހަގީގަތަކައް ހަދައިދޭ ، އުފެއްދުންތެރިކަމުގެ މަރުކަޒަކައްް މިސިޓީ ބަދަލުކެޑުން.

އަބަދަށަސް އަޑަ އިވެނީ ޖިއޯޕޮލިޓިކަލީ މި ސިޓީ އޮއްް ލޮކޭޝަނަކީ، ވަރައް މުހިއްމު ތާކާއު. އެހެންފެހޭސް މި ލޮކޭޝަނަކި އައްޑޫ އޮތުމަކުން މީގެ ފާއިދާ އައްޑޫގެ ރައްޔިތަކާމެންނައް ނިކެރައި. އެކަމަކި 1941 ވަނަ އަހަރި ދުނިޔޭގެ ބޮނޑެތި ބާރަތަކައް މި ސިޓީ ފެނެ÷ެ، އަދި އެވެރިޔެ އާސް މިތަނި ތިބިއެ. މި ފާއިދާ ހޯދާއް އިންޑިޔާ ކަނޑި ސަރަހައްދެ މިކޯ އޮއްް އާދައިގެ އާއްމު އުސޫލުތަކާއި، ހުދޫދުތަކުން ބޭރަވެ ، މިއައް ވަނި މާ ފެޅޫ އަދި މުހިއްމު ދައުރައް އަދާކެޑުމައް އައްޑޫސިޓީ ތައްޔާރަކެރާއް ތެބެޖެހެއި. މިކަމުގެ ފާއިދާ އައްޑޫ ރައްޔިތުންނައް ހޯދައިދިނުމައް މިކޯކަދުން ވޭއް ހިށި މަސައްކައް ކޮއް މަގަކޮށައިދިނުމަކީ މި ގަސްތުގެ އަމާޒު.

މި ހަ ގަސްތަކީ، އެއް މިސްރާބަކައް ، އެއް އަމާޒަކައް، އެއް ލަނޑަދާނޑަކައް ފަހިކޮއްފެއި އޮއް އެއް ވިސްނުމައް. އެ ވިސްނުންތަކަކީ:

  • އައްޑޫގެ ފަޚުރުވެރި މާޒީ އިއާދަކެޑުން
  • އައްޑޫ ދުނިޔޭގެ ޗާޓައް އަނބަރައި ގިނެއުން
  • އައްޑޫ ރައްޔިތުންނައް އަނބަރައި އައްޑޫ ހޯދައި ދިނުން
  • އައްޑޫ ބިނާކެރާ ޚިޔާލައް ވިސްނުމައް ހުޅުވުން
  • އައްޑޫގެ ދައުރު ސަރަހައްދީގޮތުން ފެޅޫކެޑުމުގެ ބާބައް ފެށުން

މި ހަ ގަސްތުގެ ތަފުސީލު ކުރިއައް އޮއް ދުވަސްތަކި އަފިރިޔެ ގިނާސްދޭށުމާ.

މި ދައްކަނީ އެއް ދައުރަކީ ވާހަކާއް ނުން. މީ ކުިރއައް އޮއްް ދެހަ އަހަރަ ދުވަހައްް އައްޑޫސިޓީ މިސްރާބަ ބައްޓަންކޮއްް ތަރުތީބު ކެޑުމާއި ގުޅޭ ވާހަކަ. މީ އަސްދަނޑިން ބޭރަވޭ ވާހަކަ. މީ ހަށި ފޮޑަލާ ވާހަކަ. މީ ހަމަ އިސްކެޅައް ތެދުވޭ ވާހަކަ. މ ީއައްޑޫގެ ބޮނޑަ މަންޒަރަ މައްތެ ފައިތެލަ ސާބިތުކޮއްލާ÷ެ ވާހަކަ.

އައްޑޫއަކީ ކުދު ތާން ނުން. އެހެންފެހޭސް އައްޑޫއެއި މެދެ ގިނިވޭނޑޭ ތަސައްވުރާއި ވިސްނުން މާ ބޮނޑަށަސް ކުދީ. މިޔާން އަފިންނައް އެނގެނީ މި އައްޑޫގެ ގުދުރަތީ މުއްސަންތިކަމާއި، އޮއްހެއި ފުރުސަތަކާއި، އެއްވަރައް ބޮނޑަ ފެޅޫ ތަސައްވުރައް އަދާއި ހަމާއް އެއްވިޔަސް ބާކިން އަފިންނާއި ހިސާބައް ގިނާސްދެރެފެއްި ނެއްކަން. އަދަ މަ މި އުއުލާންކެރަނީ ތެ ރައްޔިތުން ކުރިއައް އޭ÷ެ މިސްރާބު. އަފިރިންގެ މުސްތަގުބަލް ބިނާކެރާ÷ެ ގޮތުގެ ތަސައްވުރު. ކުރިއައް އޮއް ހަފްތާތަކި މިކަމާއި ގުޅޭ ތަފުސީލީ މައުލޫމާތު ހާމަކެރާށުން. އޭ÷ެއި ހާމަކެރަމުން.

މީ ވައުދު ނާމާއް ނުން. މީ ޕްރޮޖެކްޓްތަކި ލިސްޓަކަސް ނުން. މީ މި ފަޚުރުވެރި ޝަހަރާއި މެދެ ފިކުރު ހިނގުވާ÷ެ ގޮތުގެ ދެލިކޮޕީއައް. މި ދައްކަނީ އެއްކަމި ދައުރަކައް ކުރުގަޅުވަލާ÷ެ ސަޅިބާސާއްނުން. މި ދައްކަނީ ކުރިއައް އޮއް ދެހަ އަހަރައް މިސްރާބު ކަނޑައަޅާ÷ެ ގޮތައް. އައްޑޫއަކީ ފުނަވަކައް ވަރަ ކުދުތާން ނުން. އައްޑޫގެ ވިސްނުން އޮތީ ފުނަވަކަކައް ހަނިކޮއްފެއި. މީ ދުރު ވިސްނުން އިސްކޮއް ކުރިމަގައް ހައިބަތު ބިނާކެރާއްވީ ވަގުތު.

މީ “ ދަ ގްރެޓާރ އައްޑޫ“ އަކީ . މީ އަދުގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫސިޓީގެ ރައްޔިތުންނައްޓަކައި ގެންގުޅުއްވާ “ ދިވެހީންގެ ރާއްޖޭގެ “ ތަސައްވުރައް. މީ ޕީއެންސީގެ ފަރާތުން ކައުންސިލައް އަދި ޑަބްލިޔުޑީސީއައް ކުރިމަތިލާފެއްިތިބި ކެނޑިޑޭޓުންގެ ތަސައްވުރައް. މީ އައްޑޫ ރައްޔިތުންގެ ތަސައްވުރައް. މީ އަފިރިންގެ ތަސައްވުރައް. މަގޭ ދުޢާކީ މި ތަސައްވުރު ކާމިޔާބުކޮއް އައްޑޫ ރައްޔިތުންނައް އަދައް ވަނި ފާގަތި މުސްތަޤްބަލައް ހޯދައިދިނުމައް ނުކުމެ މިތިބި ހށިހެއި ކެނޑިޑޭޓުންނައް ކާމިޔާބު މިންވަރަކުރެއްވުން.

وما توفيقي الا باالله…..  ވައްސަލާމް ޢަލައިކުމް ވަރަޙުމަތުﷲ ވަބަރަކާތުހ.